ފުވައްމުލަކު ބަހަކީ އަޅުގަނޑު ވަރަށް ފަޚްރުވެރިވާ އެހާމެ ލޯބިވާ ބަހެކެވެ. މި ބަސް ދެކެ ލޯބިވަނީ އެންމެ ކުޑަ އިރު ވާހަކަ ދެއްކި ބަހަށް ވީތީ އެކައްޗެއް ނޫނެވެ. ބަހުގެ މުއްސަދިކަމާއި ހަމަތައް ވެސް ފުރިހަމަ ވެ ޗާލުކަމުންނެވެ. އަޅުގަނޑުގެ ރައްޓެހިންނާއެކު ވައިބަރ، ވަޓްސްއަޕް ފަދަ އެޕްލިކޭޝަން ތަކުގައި ރަށުބަހުން ޗެޓް ކުރާތީ ވަރަށް އުފާވެއެވެ. އަދި ރަށުމީހުން، ރަށުން ބޭރުން ކޮންމެ ތަނަކުން ބައްދަލު ވާއިރު ރަށުބަހުން ވާހަކަ ދައްކާތީ ވަރަށް ފަޚްރުވެރިވެއެވެ. ފުވައްމުލަކު ބަސް… އިތުރަށް ވިދާޅުވޭ!
މަސް: މާޗް 2021
ބައިތައް
ތަޢާރަފް
މިއީ އަޅުގަނޑު (ޢަލީ ފަޒާދު) އަށް ފެންނަ ބައެއް ޚިޔާލު ތަކާއި، ވިސްނުންތަކުގެ މައްޗަށް، ޚިޔާލު ފާޅުކުރުމަށް ބޭނުން ކުރާ ބްލޮގް އެކެވެ. މި ބްލޮގް ގައި އަޅުގަނޑު އަލި އަޅުވާލާނީ އިޖްތިމާއީ، އިޤްތިދާސީ އަދި ސިޔާސީ ދާއިރާގެ މައްޗަށެވެ. އަޅުގަނޑަކީ 2000 ވަނަ އަހަރުން ފެށިގެން ފުވައްމުލަކުގެ ރަށު އޮފީސް، އަތޮޅު އޮފީސް،އަދި ކައުންސިލުން އިދާރާ ގައި މަސައްކަތްކޮށް ، ފުވައްމުލަކަށް ލިބިފައިވާ ތަރައްޤީގެ އެކިއެކި ކަންތައްތައް ހިންގި އިރު ކޮންމެ ވެސް މިންވަރެއް ކައިރިން ފެނި ތަޖްރިބާ ކުރިފައިވާ މީހަކަށް ވެފައި ވުމާއި، ފުވައްމުލަކުގެ ތާރީޚީ ބައެއް މަސައްކަތް ރަށުއޮފީހުގައި ކޮއްފައިވާތީ އޭރު ކުރެވުނު ތަޖްރިބާ އާއި ލިބުނު މަޢުލޫމާތުތައް މުޖްތަމައަށް ހިއްސާ ކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ ، މި ބްލޮގް ގެ ޒަރީޔާއިން އެކަންތައް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހިއްސާ ކުރުމަށް މި ބްލޮގް ބޭނުން ކުރަމެވެ.