އަލީ ފަޒާދު

ޏ. ފުވައްމުލައް, ދިވެހިރާއްޖެ
މިއީ އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލު ތަކާއި، ވިސްނުންތަކުގެ މައްޗަށް، ޚިޔާލު ފާޅުކުރުމަށް ބޭނުން ކުރާ ބްލޮގް އެކެވެ.

އެންމެފަސް

ސަރުކާރާއި އެއްކޮޅާއި ދެކޮޅުގައި ބަދަލުވަނީ ކިޔާ ފޮތްތޯ އެވެ.

2004 ވަނަ އަހަރު ސުނާމީގެ ފަހުން ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ކުދި ކުދި ސުނާމީތައް އަންނަން ފެށިއެވެ. މިގޮތުން މަޝްހޫރު އޮގަސްޓް 12،13 އާއި އިވާން ނަސީމްގެ މަރުގެ މައްސަލަ އަކީ ފާހަގަ ކުރެވޭ ކަންތައްތަކެވެ. ސުނާމީގެ ރާޅުތައް ޑިމޮކްރަސީގެ ނަމުގައި ޖަޒީރާ ރަށްތަކުގެ ގޮޑުދޮށްތަކުގައި ބީހިލަމުން ގޮސް، ރާޅު ބޮޑުވެ، އުދައަރާ މިންވަރު އިތުރުވުމުން ދަނިކޮށް އޭރުގެ ރައީސް މައުމޫން ” އިސްލާހީ އެޖެންޑާ” އެއް އިއުލާން ކުރެއްވި އެވެ. އިސްލާހީ އެޖެންޑާ… އިތުރަށް ވިދާޅުވޭ!

3 އަހަރު ކުރިން • އެހެނިހެން ފުވައްމުލައް ސިޔާސީ 

ފުވައްމުލަކު ބަހަށް ނަޒަރެއް-1

ފުވައްމުލަކު ބަހަކީ އަޅުގަނޑު ވަރަށް ފަޚްރުވެރިވާ އެހާމެ ލޯބިވާ ބަހެކެވެ. މި ބަސް ދެކެ ލޯބިވަނީ އެންމެ ކުޑަ އިރު ވާހަކަ ދެއްކި ބަހަށް ވީތީ އެކައްޗެއް ނޫނެވެ. ބަހުގެ މުއްސަދިކަމާއި ހަމަތައް ވެސް ފުރިހަމަ ވެ ޗާލުކަމުންނެވެ. އަޅުގަނޑުގެ ރައްޓެހިންނާއެކު ވައިބަރ، ވަޓްސްއަޕް ފަދަ އެޕްލިކޭޝަން ތަކުގައި ރަށުބަހުން ޗެޓް ކުރާތީ ވަރަށް އުފާވެއެވެ. އަދި ރަށުމީހުން، ރަށުން ބޭރުން ކޮންމެ ތަނަކުން ބައްދަލު ވާއިރު ރަށުބަހުން ވާހަކަ ދައްކާތީ ވަރަށް ފަޚްރުވެރިވެއެވެ. ފުވައްމުލަކު ބަސް… އިތުރަށް ވިދާޅުވޭ!

3 އަހަރު ކުރިން • އެހެނިހެން ފުވައްމުލައް ސިޔާސީ 

ފުވައްމުލައް ތަ؟ ފޯއްމުލައް ތަ؟ ފުއައްމުލައް؟

ފުވައްމުލަކު ގެ ނަން އެކި އެކި ގޮތްތަކަށް ބޭނުން ކުރެވެއެވެ. ފުވައްމުލައް ނަމުގެ އަސްލަކީ ކޮބާތޯއެވެ. ބުނޭވޭގޮތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ފެން ފޯއް ރުއްތައް ހެދިފައި ހުރީ ފުވައްމުލަކުގައެވެ. ފުވައްމުލަކު “ވެޑި” ފަހަރު ކޮޅޮބަށް ދަތުރު ކުރި އިރު އެ “ވެޑި” ފަހަރުން ދަތުރު ކުރާ މީހުންނަކީ ވަރަށް ސިންހަޅަ އަށް ދޯޅަ ބަޔަކަށްވި އެވެ. އިގިރޭސީ ބަހުން ކިޔާ BETEL NUT  ނުވަތަ  ARECA NUT އަށް ސިންހަޅާގެ ބަހުން ކިޔަނީ “ޕުވަކު” (PUWAK)… އިތުރަށް ވިދާޅުވޭ!

4 އަހަރު ކުރިން • އެހެނިހެން ފުވައްމުލައް ސިޔާސީ 

އަރުސީފް

ބައިތައް

ތަޢާރަފް

މިއީ އަޅުގަނޑު (ޢަލީ ފަޒާދު) އަށް ފެންނަ ބައެއް ޚިޔާލު ތަކާއި، ވިސްނުންތަކުގެ މައްޗަށް، ޚިޔާލު ފާޅުކުރުމަށް ބޭނުން ކުރާ ބްލޮގް އެކެވެ. މި ބްލޮގް ގައި އަޅުގަނޑު އަލި އަޅުވާލާނީ އިޖްތިމާއީ، އިޤްތިދާސީ އަދި ސިޔާސީ ދާއިރާގެ މައްޗަށެވެ. އަޅުގަނޑަކީ 2000 ވަނަ އަހަރުން ފެށިގެން ފުވައްމުލަކުގެ ރަށު އޮފީސް، އަތޮޅު އޮފީސް،އަދި ކައުންސިލުން އިދާރާ ގައި މަސައްކަތްކޮށް ، ފުވައްމުލަކަށް ލިބިފައިވާ ތަރައްޤީގެ އެކިއެކި ކަންތައްތައް ހިންގި އިރު ކޮންމެ ވެސް މިންވަރެއް ކައިރިން ފެނި ތަޖްރިބާ ކުރިފައިވާ މީހަކަށް ވެފައި ވުމާއި، ފުވައްމުލަކުގެ ތާރީޚީ ބައެއް މަސައްކަތް ރަށުއޮފީހުގައި ކޮއްފައިވާތީ އޭރު ކުރެވުނު ތަޖްރިބާ އާއި ލިބުނު މަޢުލޫމާތުތައް މުޖްތަމައަށް ހިއްސާ ކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ ، މި ބްލޮގް ގެ ޒަރީޔާއިން އެކަންތައް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހިއްސާ ކުރުމަށް މި ބްލޮގް ބޭނުން ކުރަމެވެ.