ފުވައްމުލަކު ބަހަކީ އަޅުގަނޑު ވަރަށް ފަޚްރުވެރިވާ އެހާމެ ލޯބިވާ ބަހެކެވެ. މި ބަސް ދެކެ ލޯބިވަނީ އެންމެ ކުޑަ އިރު ވާހަކަ ދެއްކި ބަހަށް ވީތީ އެކައްޗެއް ނޫނެވެ. ބަހުގެ މުއްސަދިކަމާއި ހަމަތައް ވެސް ފުރިހަމަ ވެ ޗާލުކަމުންނެވެ. އަޅުގަނޑުގެ ރައްޓެހިންނާއެކު ވައިބަރ، ވަޓްސްއަޕް ފަދަ އެޕްލިކޭޝަން ތަކުގައި ރަށުބަހުން ޗެޓް ކުރާތީ ވަރަށް އުފާވެއެވެ. އަދި ރަށުމީހުން، ރަށުން ބޭރުން ކޮންމެ ތަނަކުން ބައްދަލު ވާއިރު ރަށުބަހުން ވާހަކަ ދައްކާތީ ވަރަށް ފަޚްރުވެރިވެއެވެ. ފުވައްމުލަކު ބަސް… އިތުރަށް ވިދާޅުވޭ!